ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.
ސައުދު އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހެނދުނު 11:17 އަށެވެ. އޭނާ އޭސީސީއަށް ހާޒިރު ކުރަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށް ސައުދަށް ފޮނުވާފައިވާ ޗިޓުގައިވެ އެވެ.
ސައުދު އޭސީސީއަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރަން ކަމެއް ނޭނގެ އެވެ. މިދިޔަ މަހު ފަހުކޮޅު ސައުދު ވަނީ ފުލުހުންގެ އިދާރައަށް ހާޒިރުކޮށް ސުވާލުކޮށްފައި އެވެ. އެފަހަރު ސުވާލުކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ސައުދު ވިދާޅުވި އެވެ.
ސައުދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބަޔާނެތް ނެގުމަށް ބޭނުންވާ ކަމަށްވެސް އޭސީސީން ވަނީ މައުމޫނަށް އަންގާފައި އެވެ. މައުމޫންގެ ބަޔާނެތް ނަގަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ތީމުގޭ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް