ކްރުޝްނާ އާއި ކަޝްމޭރާ ސެރޮގޭޓްކޮށްގެން އެއްމާބަނޑު ދެކުދިން ހޯދައިފި

ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ކްރުޝްނާ އަބީޝޭކް އާއި ކަޝްމޭރާ ޝާހް، ސެރޮގޭޓް ކޮށްގެން އެއްމާބަނޑު ދެކުދިން ހޯދައިފި އެވެ. އިންޑިއާގެ ނޫސްތަކުގައި ވާގޮތުގައި މި ދެތަރިން ހޯދާފައިވާ އެއްމާބަނޑު ދެކުދި...

02 Jul 2017 | 01:12

ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ކްރުޝްނާ އަބީޝޭކް އާއި ކަޝްމޭރާ ޝާހް، ސެރޮގޭޓް ކޮށްގެން އެއްމާބަނޑު ދެކުދިން ހޯދައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ވާގޮތުގައި މި ދެތަރިން ހޯދާފައިވާ އެއްމާބަނޑު ދެކުދިންގެ އުމުރަކީ ހަ ހަފްތާ އެވެ. އެ ދެކުދިން އަދި ތިބީ ހޮސްޕިޓަލުގެ ނެއޯ ނޭޓަލް ކެއާގައި ކަމުގައިވެސް އިންޑިއާގެ ނޫސްތަކުގައި ވެ އެވެ.

މި ފަހަކަށް އައިސް ސެރޮގޭޓް ކޮށްގެން ދަރިން ހޯދުމަކީ ބޮލީވުޑް ތަރިންގެ މެދުގައި އާއްމުވެފައިވާކަމެކެވެ. ދަރިން ސެރޮގޭޓް ކޮށްފައިވާ ބޮލީވުޑް ތަރިންގެ ތެރޭގައި ކަރަން ޖޯހަރު، ޝާހްރުކް ޚާން އާމިރު ޚާން، ސޮހައިލް ޚާން އަދި ތުޝާރު ކަޕޫރު ހިމެނެ އެވެ.

ކްރުޝްނާ އާއި ކަޝްމޭރާ ކައިވެނި ކޮށްފައިވަނީ 2013 ވަނަ އަހަރުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް