ގެރިއެއް ކަތިލި ކަމަށްބުނެ އިންޑިއާގައި އަނެއްކާވެސް މުސްލިމަކު މަރާލައިފި

ގެރި މަސްކާތީ މީހުން މެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދި ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ގެރިއެއް ކަތިލި ކަމަށް ބުނެ އިންޑިއާގައި މުސްލިމު ފިރިހެނަކު...

02 Jul 2017 | 00:29

ގެރި މަސްކާތީ މީހުން މެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދި ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ގެރިއެއް ކަތިލި ކަމަށް ބުނެ އިންޑިއާގައި މުސްލިމު ފިރިހެނަކު މަރާލައިފި އެވެ.

މޮހްދު އަލީމުއްދީން ކިޔާ އެމީހާއަށް، 30 މީހުންގެ ގުރޫޕަކުން އެ ޙަމަލާދީފައިވަނީ ގެރިއެއް ކަތިލުމަށްފަހު އޭނާގެ ވޭނަށް ލައިގެން ގެންދަނިކޮށެވެ.

އަލީމުއްދީން ގެންދިޔަ ހޮސްޕިޓަލާއި ޙަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ ޤައުމުގެ ފުލުހުން އެ މައްސަލަ ބަލަން ފެށީ އެ މީހުން އަލީމުއްދީނަށް އަނިޔާކުރަމުންދާ ތަން ފެންނަ ވީޑިއޯ ފުޓޭޖެއް ލިބުމުންނެވެ. ފުލުހުން މިހާރުދަނީ އެކަންކުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ ދެދުވަސް ކުރިންވެސް ގެރިއެއް ކަތިލި ކަމަށްބުނެ އިންޑިއާގައި މީހަކަށް ވަނީ ޙަމަލާދީފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މީގެ ދެދުވަސް ކުރިން ވަނީ ގެރި ކަތިލާއި އޭގެ މަސްކެއުމުން މީހުން މެރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފަ އެވެ. އަދި އިންޑިއާގެ ޤާނޫނުގައި ގެރި ކަތިލާއި، އޭގެ މަސް ކާ މީހުނަށް ޚާއްޞަ އަދަބުތަކެއް ކަނޑައަޅާފައި އޮތްއިރު ޤާނޫނު އަމިއްލަ އަތައް ނުނެގުމަށްވެސް މޯދީވަނީ ގޮވާލާފަ އެވެ.

އިންޑިއާގައި ޙައްދުފަހަނަ އަޅާފައިވާ ހިންދޫ ދީނުގެ މީހުން ގެރި ކަތިލާއި، ގެރި މަސް ކާ މީހުނަށް މިފަހުން އަންނަނީ ވަރަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. ގެރިއަކީ ހިންދޫ ދީނުގެ މީހުން އަޅުކަންކުރާ ޖަނަވާރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް