އިނގެރޭސި ޝާހީ ޢާއިލާގެ ޕްރިންސެސް، ޕްރިންސެސް ޑަޔާނާ މަރުވިތާ 20 އަހަރު ފުރުމުގެ ހަނދާން އާކުރުމަށް އެކަމަނާގެ ދެ ދަރިންކަމަށްވާ ޕްރިންސް ވިލިއަމްސް، ޕްރިންސް ހެރީ އަދި ޑަޔާނާގެ އާޢިލާއިން ޚާއްޞަ ޙަފްލާއެއް ބާއްވައިފި އެވެ.
އެ ޙަފްލާ ބޭއްވީ ޑަޔާނާގެ 56 ވަނަ އުފަންދުވަހާއި ދިމާކޮށް، އެކަމަނާ ފަސްދާނުލެވިފައިވާ އިނގެރޭސިވިލާތުގެ އޮލްތުރޯޕް ހައުސްގެ އޮވަލް ލޭކް ކައިރި އިއްޔަ އެވެ.
އެ ޙަފްލާގައި ވިލިއަމްސްގެ އަންހެނުން، ޕްރިންސެސް ކޭޓްއާއި، ހަތަރު އަހަރުގެ ދަރިކަލުން ކަމުގައިވާ ޕްރިންސް ޖޯރޖްއާއި، ދެ އަހަރު ދަރިކަނބަލުން ޕްރިންސެސް ޗާރލޮޓް ބައިވެރިވި އެވެ. އޭގެއިތިރުން ކޭޓްގެ ބޭބެ އަދި ޑަޔާނާގެ ކުރީގެ ފިރިކަލުން ޕްރިންސް ޗާރލްސްވެސް އެ ޙަފްލާގައި ބައިވެރިވި އެވެ.
ޑަޔާނާ މަރުވީ އޮގަސްޓު 31، 1997 ގައި ޕެރިސްގައި ހިނގި ނުރައްކާތެރި ކާރު އެކުސިޑެންޓެއްގަ އެވެ. އޮލްތުރޯޕް ހައުސްގައި ޑަޔާނާގެ ހަށިކޮޅު ފަސްދާނުލީ ވެސްޓުމިންސްޓަރ އެބޭގައި ޚާއްޞަ ޖަނާޒާއެއް ބޭއްވުމަށްފަހު މަރުވިތާ ހަ ދުވަސް ފަހުންނެވެ.
ޑަޔާނާގެ މަރުވިތާ 20 އަހަރު ފުރުމުގެ ހަނދާނުގައި އެކަމަނާގެ ދެ ދަރިކަލުން ވިލިއަމްސް އަދި ހެރީ ވަނީ ކިންގްސްޓަން ޕެލެސްގައި ޝަރަފުގެ ހަނދާނެއްގެ ގޮތުގައި އެކަމަނާގެ ސްޓެޗޫއެއް ބެހެއްޓުމަށް ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް