ފޮނަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުން ވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ މިރޭ ލ ފޮނަދުއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަމުގެ ސަބަބުން ބައެއް ގެތަކުގައި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންތަކެއް ވެއްޖެ އެވެ. ދުވ...

01 Jul 2017 | 23:07

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ މިރޭ ލ ފޮނަދުއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަމުގެ ސަބަބުން ބައެއް ގެތަކުގައި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫން ވާހަކަދެއްކި މީހަކު ބުނީ ވާރޭ ވެހެން ފެށީ ރޭ 08:40 ހާއިރު ކަމަށާއި 11:10 ހާއިރު ވާރޭ ވެހުން ހުއްޓާލިއިރު ރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެފައިވާކަމަށެވެ.

ފޮނަދޫގައި ފެންބޮޑުވުމުން ރަށުގެ ރައްޔިތުންނާއި ސިފައިން އަދި ފުލުހުން ގުޅިގެން މަސައްކަތްތަކެއް ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އެގޮތުން ގޭގެއަށް ފެންވަނުން މަތަކުރުމަށްޓަކައި ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެ ރަށުގައި ގާއިމްވެތިބޭ ފުލުހުން ކޮށްފައިވާއިރު ރަށުން ފެން ހިންދުމުގެ މަސައްކަތް ރަށާއި އިންވެ އޮންނަ ކައްދޫގައި ގާއިމްވެ ތިބޭ ސިފައިން ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ. އަދި އެކަންކަމުގައި އެހީތެރިވުމަށް ރަށު ކައުންސިލް މެމްބަރުން ހަރަކާތްތެރިވެފައިވާކަމުގައިވެސް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް