އެސްޓްރޮނޯޓަކު ހަނދަށް ފޮނުވުމަށް ޖަޕާނުން ތައްޔާރުވަނީ

އެސްޓްރޮނޯޓަކު ހަނދަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ޖަޕާނުން ހާމަކޮށްފި އެވެ. ޖަޕާނުން ހާމަކޮށްފައިވާގޮތުގައި އެސްޓްރޮނޯޓަކު ހަނދަށް ފޮނުވުމަށް ގަސްތު ކުރަނީ 2030 ވަނަ އަހަރުގަ އެވެ. މިއީ...

01 Jul 2017 | 21:59

އެސްޓްރޮނޯޓަކު ހަނދަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ޖަޕާނުން ހާމަކޮށްފި އެވެ. ޖަޕާނުން ހާމަކޮށްފައިވާގޮތުގައި އެސްޓްރޮނޯޓަކު ހަނދަށް ފޮނުވުމަށް ގަސްތު ކުރަނީ 2030 ވަނަ އަހަރުގަ އެވެ.

މިއީ ޖަޕާނުގެ އެރޯސްޕޭސް އެކްސްޕްލޮރޭޝަން (ޖާޒާ) އިން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރު ކަމަށްވާއިރު މި ނިންމުމަކީ ނާސާއިން 2025 ވަނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ މިޝަންގައި ބައިވެރިވުމަށް ނިންމި ނިންމުމެއް ކަމަށް ބުނެ އެވެ.

ނާސާއިން 2025 ވަނަ އަހަރު ހަނދު ހިމެނޭ ސަރަހައްދުގައި ޖައްވީ ސްޓޭޝަނެއް ގާއިމު ކުރުމަށް ރާވަމުން އަންނައިރު ޖަޕާނުން ގަބޫލު ކުރާގޮތުގައި މި މިޝަންއަށް ޖަޕާނުން އެހީތަކެއް ވެވިދާނެ އެވެ. އަދި މިކަމުން ދެފަރާތަށްވެސް ފައިދާތަކެއް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް