މުސާރައިގެ މައްސަލައިގާ ބްރިޓިޝް އެއާވޭސްގެ ބައެއް ކެބިން ކްރޫން ދިގުދެމިގެންވާ ހަޅުތާލެއް ފަށައިފި އެވެ. ހޮނިހިރު ދުވަހު ފެށި މި ހަޅުތާލު 16 ދުވަހަށް ދެމިގެންދާނެކަމުގައި ހަޅުތާލުގައި ބައިވެރިވާ ފަރާތްތަކުން ބުނެ އެވެ.
މި ހަޅުތާލާއި ގުޅިގެން ބްރިޓިޝް އެއާވޭސްގެ އަގު ވެއްޓުމުގެ އިތުރަށް ގިނަ ދަތުރުތަކަކަށް ބުރޫއަރާނެ ކަމުގައި ބެލެވޭއިރު ހަޅުތާލުކުރާ ކެބިންކްރޫންގެ ޑިމާންޑްތަކަށް ބްރިޓިޝްއެއާވޭސް އިން ރައްދެއް ދީފައެއް ނުވެ އެވެ. ބަދަލުގައި އެ އެއާލައިނުން ބުނަނީ ގިނަ ޕަސިންޖަރުންނަށް ދަތިކަމަކާއި ނުލާ ދަތުރު ކުރެވޭނެ ކަމަށެވެ.
މި ހަޅުތާލު 16 ދުވަހަށް ދިގުދެމިގެން ގޮސްފިނަމަ މިކަމުގެ ސަބަބުން ހަތަރު ލައްކައަށްވުރެ ގިނަ ޕަސިންޖަރުންގެ ދަތުރުތަކަށް އަސަރުކުރާނެ ކަމަށް ވެ އެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ބްރިޓިޝް އެއާވޭސްއިން ވަނީ ޤަތަރު އެއާވޭސްގެ ނުވަ ފްލައިޓް ބޭނުން ކުރަން ފަށާފައެވެ. ޤަތަރު އެއާވޭސްގެ ފްލައިޓްތައް ބޭނުންކުރަން ފަށާފައިވަނީ ޤަތަރު އެއާވޭސްގެ މުވައްޒަފުންނާއިއެކުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް