އޮޅިގެން ޔޫކްރޭނަށް ދެވުނު ރަޝިޔާގެ ދެ ގާޑަކު ހައްޔަރުކޮށްފި

ރަޝިޔާގެ ދެ ގާޑަކު ޔޫކްރޭނު ބޯޑަރު ސަރަހައްދުން ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ ކްރިމިއާގެ ބްލެކް ސީ ޕެނިންސުލާ ސަރަހައްދުންނެވެ. މިކަމާއި ބެހޭގޮތުން ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް(އެފް...

01 Jul 2017 | 21:33

ރަޝިޔާގެ ދެ ގާޑަކު ޔޫކްރޭނު ބޯޑަރު ސަރަހައްދުން ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ ކްރިމިއާގެ ބްލެކް ސީ ޕެނިންސުލާ ސަރަހައްދުންނެވެ.

މިކަމާއި ބެހޭގޮތުން ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް(އެފްއެސްބީ) އިން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރަޝިޔާގެ ދެ ގާޑަކު ޔޫކްރޭނުން ހައްޔަރުކޮށްފައިވަނީ އެ ދެ ގާޑުންނަށް މަގު އޮޅިގެން ޔޫކްރޭން ބޯޑަރު ހުރަސް ކުރެވުމުން ކަމަށެވެ.

ރަޝިޔާއިން އިތުރަށް ބުނެފައިވަނީ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްގޮތްވާގޮތުގެމަތިން އެ ދެގާޑުން ދާދި އަވަހަށް ދޫކޮށްލާނެ ކަމުގެ އުންމީދު ރަޝިޔާއިން ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް