އަވަށްޓެރި ޕާކިސްތާނަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގާ 12 މީހަކު މަރުވެފައިވާކަމުގައި އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
މޫސުމީ މި ވިއްސާރައިގެ އަސަރު ބޮޑަށް ކޮށްފައިވަނީ ބަލޮޗިސްތާނު ސަރަހައްދަށެވެ. 12 މީހުން މަރުވެފައިވަނީވެސް އެ ސަރަހައްދުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ވިއްސާރައިގެ ސަބަބުން ކަރާޗީ އަދި ބަލޮޗިސްތާނުގެ 20 ގެއެއް، ބޭނުން ނުކުރެވޭވަރަށް ވަނީ ހަލާކުވެފަ އެވެ. ވިއްސާރައިގެ ސަބަބުން މަގުތައް ފެންބޮޑުވުމާއި ގުޅިގެން ބައެއް ހައިވޭތައް ބަންދުކޮށްފައިވާކަމުގައިވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
މީހުން ސަލާމަތް ކުރުމަށް އެ ސަރަހައްދުތަކުގައި ހާއްސަ ޓީމްތައް މިހާރު ހަރަކާތްތެރިވާން ފަށާފައިވާއިރު އެ ޓީމްތަކުން އަންނަނީ ސަލާމަތީ އައްސޭރިތަކަށް މީހުން ގެންދިއުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ކާބޯތަކެއްޗާއި ފެންވެސް އެ ސަރަހައްދުތަކަށް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް