ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ ޕާޓީގެ އިސްވެރިންނާއި މިރޭ ބައްދަލު ކުރައްވައިފި އެވެ.
ރައީސް ޔާމީން ޕީޕީއެމްގެ އިސްވެރިންނާއި ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔަ އިރު ނަގާފައިވާ ފޮޓޯއެއް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވަނީ ޓްވީޓް ކުރައްވާފަ އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި އެ ބައިވެރިވެވަޑައިގެންފައިވަނީ ބައްދަލުވުމުގައި ޒަމީރާއި އަބްދުއްރަހީމާއި ނިހާންގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލާއި ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު އެވެ.
ރައީސް ޔާމީން ޕީޕީއެމްގެ އިސްވެރިންނާއި ބައްދަލުކުރެއްވި އިރު މިދުވަސްވަރަކީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ އަޑުތައް ގަދަވެފައިވާ ވަގުތެކެވެ. އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ތެރޭގައި ކޯޅުންތައް ގިނަކަމުގެ އަޑުތައްވެސް ގަދަވެފައިވާ ވަގުތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް