ހުޅުމާލޭ ގެއެއްގައި ޗާޖަށް ޖަހާފައިހުރި ހޯވާ ބޯޑެއްގައި އަލިފާން ރޯވެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގެއެއްގެ ތިންވަނަ ފަންގިފިލާގައެވެ. މިކަން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 4:27ގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި އަލިފާން ރޯވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އަލިފާން ވަނީ ނިއްވާލާފައި ކަމުގައިވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް