ފިޠުރު ޒަކާތް ބެހުން މާދަމާ

މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އާއި ގޮވާން މާދަމާ ބަހަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ، ފިޠުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައި ވަނީ މިއަހަ...

02 Jun 2019 | 10:15

މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އާއި ގޮވާން މާދަމާ ބަހަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، ފިޠުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރު އަލަށް އެކުލަވައިލި ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ކަމުގައެވެ. އަދި ފިޠުރު ޒަކާތް ދޫކުރެވޭނީ ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އައިޑީ ކާޑު،ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސްޓެފިކެޓްގެ އަސްލު ހިފައިގެން އައުމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފިޠުރު ޒަކާތުގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގެ ހޯލާއި އަދި ޢަރަބިއްޔާ ސުކޫލުގެ ހޯލުގައެވެ. މި ދެ ތަނުގައިވެސް މާދަމާ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ފައިސާ ދޫކުރާނެ އެވެ. އަދި މެންދުރު 12:45 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން 23:00 އަށް ފައިސާ ދޫކުރާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން އެކަނިވެސް 2.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް