މޯލްޑިވެ ގޭސް ޕްރައިވެޓް ލިމިޓެޑްގެ ގެ މާލެ ޑިސްޓްރިބިއުޝްން ސެންޓަރ ގައި ގޭސް ސިލިންޑަރ ޑެލިވަރީކުރުމުގެ އެކްސްޕްރެސް ހިދުމަތް ދިނުމުގެ ގޮތުން، އަމިއްލަ ސައިކަލް ގައި ގޭސް ޑެލިވަރީ ކޮށްދޭނޭ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާން ކޮށްފިއެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖޫން 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް އެ ކުންފުނީގެ އޮފީހަށް މައުލޫމާތު ސާފުކުރުމަށް ވަޑައިގަތުމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް 16 ޖޫން 2019 ވާ އާދީއްތަ ދުވަހު 10:00 އަށް ވަޑައިގަތުމަށެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، އަގު ހުށަހެޅޭނީ މައުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް އެކަނި ކަމުގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތު ފާއިތުވުމުގެ ފަހުން އަންނަ ފަރާތްތަކަށް އެފުރުސަތު ނުލިބޭނެ ކަމުގައެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3335614 މި ނަމްބަރަށް ގުޅުމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް