ޢީދަށް ހަނދު ބެލުން މާދަމާ ރޭ

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. މަދަމާ ރޭ ބާއްވާ މި ޖަލްސާގައި، އިސްލާމީ ގައުމުތަކުގައި ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ ދަށުން...

02 Jun 2019 | 08:13

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

މަދަމާ ރޭ ބާއްވާ މި ޖަލްސާގައި، އިސްލާމީ ގައުމުތަކުގައި ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ ދަށުން 1440 ވަނަ އަހަރުގެ ފިޠުރު ޢީދަކީ ކޮން ދުވަހެއް ކަން އެނގިގެންދާނެއެވެ. ދިވެހި ކަލަންޑަރުގައި ވާ ގޮތުން ނަމަ މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ ޖޫން 4 ވަނަ ދުވަހެވެ.

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެނިއްޖެނަމަ އަމަލު ކުރަންވީގޮތް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ އިއުލާނަކުން ބުނެދީފައެވެ.

https://dhuvas.mv/87799

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް