ކ. މާފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ކ. މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮއްފައިވަނީ 23 އަހަރުގެ މީހެކެވެ.
މި މީހާ ހައްޔަރުކޮއްފައިވަނީ ޖޫން 1 ވަނަ ދުވަހުގެ 15:12 ހާއިރު މާފުށީ ބީޗު ސަރަޙައްދުގައި ބަޔަކު ކާންތިބިކަމަށް މާފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އެ ސަރަހައްދުން ފުލުހުން މި މީހާ ހުއްޓުވާ ބަލާފާސްކުރަން އުޅުމުން އަތުގައި އޮތް އެއްޗެއް އެއްލައިލުމުން އެނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިމައްސަލަ ކ. މާފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް