ސިފައިންގެ 300 ފްލެޓަށް ލިބެންޖެހޭ ފައިސާ ހޯދަން އަންގައިފި

ސިފައިންގެ 300 ފްލެޓް ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކުންފުނިން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އެންޓިކޮރަޕްޝަން ކޮމިޝަން އިން ސިފައިންގެ ކޯޕަރޭޓިވް އަށް އަންގައިފި އެވެ. އޭސީސީއިން މިއަދު ނެރ...

02 Jun 2019 | 07:55

ސިފައިންގެ 300 ފްލެޓް ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކުންފުނިން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އެންޓިކޮރަޕްޝަން ކޮމިޝަން އިން ސިފައިންގެ ކޯޕަރޭޓިވް އަށް އަންގައިފި އެވެ.

އޭސީސީއިން މިއަދު ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަސައްކަތް ހަވާލުކުރެވުނު ކުންފުނިން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކޮއްފައިނުވުމުން އެގްރީމެންޓް ބާތިލު ކޮއްފައިވަނީ 27 ޖެނުއަރީ 2016 ގައި ކަމަށާއި އަދި އެގްރީމެންޓް ބާތިލުކުރުމާ ހަމައަށް އެކުންފުނިން ސިފްކޯއިން 92.5 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ.

އަދި އެފައިސާ ސިފްކޯއަށް އަނބުރާ ދެއްކުމަށް ތިން ޕޯސްޓް ޑޭޓެޑް ޗެކް މަސައްކަތް ހަވާލުވި ކުންފުނިން ހުށަހަޅާފައިވާ ކަމަށާއި އެ ތިން ޗެކްވެސް އެކައުންޓުގައި ފައިސާ ނެތުމުން ބައުންސް ވެފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

އެ ފައިސާ ހޯދުމަށް ސިފްކޯއިން މަސައްކަތް ކޮށްފައިވާކަމަށާއި ފުލުހަށް ޗެކް ބައުންސްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭސީސީއިން ބުންޏެވެ. އަދި އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އޭސީސީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ އެ ފައިސާ ހޯދުމަށް ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާއި ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާނަމަ ސިފްކޯއަށް ދަންކަންޖެހޭ ފައިސާ އުނި ކުރުމަށްފަހު އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްނެތްނަމަ، ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް ސިފްކޯއަށް ވަނީ އޭސީސީއިން އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް