ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުގައި މަގްބޫލުކަން ހޯދާފައިވާ ޒީބާ ޕްރިމިއަމް ބާސްމަތީ ހަނޑޫ މި ޢީދާ ދިމާކޮށް ރާއްޖެއަށް

ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުގައި މަގްބޫލުކަން ހޯދާފައިވާ ޒީބާ 1121 ޕްރިމިއަމް ބާސްމަތީ ހަނޑޫ މި ފިޠުރު ޢީދާ ދިމާކޮށް ދިވެހި ބާޒާރަށް ނެރެފިއެވެ. މަޝްހޫރު މި އުފެއްދުން ދިވެހި ބާޒާރަށް ނެރެފައިވަނީ...

02 Jun 2019 | 07:32

ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުގައި މަގްބޫލުކަން ހޯދާފައިވާ ޒީބާ 1121 ޕްރިމިއަމް ބާސްމަތީ ހަނޑޫ މި ފިޠުރު ޢީދާ ދިމާކޮށް ދިވެހި ބާޒާރަށް ނެރެފިއެވެ.

މަޝްހޫރު މި އުފެއްދުން ދިވެހި ބާޒާރަށް ނެރެފައިވަނީ ޕިރަމިޑުންނެވެ. ބާސްމަތީ މި ހަނޑޫގެ އެންމެ ހާއްސަ އެއް ކަމަކީ 1121 މި އުފެއްދުމަކީ 1121 ސްޓޭންޑަޑަށް އުފައްދާފައިވާ އުފެއްދުމެއް ކަމުގައިވުމެވެ. ނުކައްކާ ހުންނައިރު ހަނޑޫ ފުކުގައި 8.4 މިލިމީޓަރު ހުންނައިރު ހަނޑޫ ކައްކާލުމުން ފުކުގެ ދިގުމިން 15 މިލިމީޓަރަށް އިތުރުވެގެންދާ ބާސްމަތީ މި ހަނޑުލަކީ ބިރިޔާނީ ކައްކާލުމަށް އެންމެ އެކަށީގެންވާ ބާސްމަތީ އެއް ހަނޑުލެވެ.

ހަނޑުލުގެ ހަރުކަމާއި އެރޯމާވެސް އެފަދަ ޑިޝްތަކަށް ހާއްސަކޮށްފައިވާ މި ހަނޑޫ ޕިރަމިޑުން ރާއްޖެ އެތެރެކޮށްފައިމިވަނީ ކުރިއަށް މިއޮތް ފިޠުރު ޢީދާ ދިމާކޮށެވެ. އެ ކުންފުނިން ދެކޭގޮތުގައި ބާސްމަތީ މި ހަނޑުލަކީ ދިވެހިންގެ ބަދިގެތަކުގައި ޢީދުގެ ކެއުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ހަނޑުލެކެވެ.

ޕިރަމިޑުން ޒީބާ ޕްރިމިއަމް 1121 ސްޓޭންޑަށް ހަނޑުލުގެ ދެ ސައިޒެއްގެ ޕެކް ލިބެން ހުންނާނެއެވެ. އެއީ އެއް ކިލޯގެ ޕެކަކާއި ފަސް ކިލޯގެ ޕެކެވެ. ފަސް ކިލޯގެ ޕެކެއްގެ އަގަކީ 178 ރުފިޔާއެވެ. އަދި އެއް ކިލޯ ޕެކެއްގެ އަގަކީ 36 ރުފިޔާއެވެ. މީގެ އިތުރުން ރީޓެއިލް ފިހާރަތަކަށްވެސް މި އުފެއްދުން ޕިރަމިޑުން ވިއްކާނެއެވެ.

މި ޢީދާ ދިމާކޮށް ޕިރަމިޑުން މި އުފެއްދުން ބާޒާރަށް ނެރެފައިވަނީ ޕްރޮމޯޝަނަކާވެސް އެކީގައެވެ. އމި ޕްރޮމޯޝަންގެ ދަށުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް މި އުފެއްދުން ވިއްކަނީ ހާއްސަ އަގުތަކެއްގައެވެ. އެގޮތުން ފަސް ކިލޯގެ ހަތަރު ޕެކުން 117 ރުފިޔާގެ ޑިސްކައުންޓެއް ލިބޭއިރު އެއް ކިލޯގެ 20 ޕެކުން 125 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ.

މީގެ އިތުރުން ކޮންމެ 11 ވަނަ ކަސްޓަމަރަކާއި 21 ވަނަ ކަސްޓަމަރަކަށް ޒީބާ 1121 ޕްރިމިއަމް ކޮލިޓީ ބާސްމަތީ ހަނޑުލުގެ އެއް ކިލޯ ޕެކެޓެއް ހިލޭ ލިބިގެންދާނެ ކަމުގައިވެސް ޕިރަމިޑުން ހާމަކުރެއެވެ.

މި އުފެއްދުމަކީ އިންޑިއާގެ ފޯ ސްޓާ އެކްސްޕޯޓަރެއް ކަމުގައިވާ ސަޕުލް ޓެކް ކުންފުނީގެ އުފެއްދުމެކެވެ. ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމަށް މި އުފެއްދުން އެކްސްޕޯޓް ކުރާއިރު އަހަރަކު ފަސް ލައްކަ މެޓްރިކް ޓަނުގެ ޒީބާ 1121 ޕްރިމިއަމް ބާސްމަތީ ހަނޑު އެ ކުންފުނިން އުފައްދައެވެ.

ޕިރަމިޑް ފިހާރަ ހުންނާނީ އޯކިޑްމަގު، އެސްޓީއޯ ޓްރޭޑް ސެންޓަރު ކުރިމަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް