މާދަމާ ހަވީރުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ވިއްސާރަކުރާނެކަމަށް ލަފާކޮއްފި

މާދަމާ ހަވީރުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ލަފާކޮށްފިއެވެ. މެޓް...

02 Jun 2019 | 07:17

މާދަމާ ހަވީރުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން ދާތީ މާދަމާއިން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ.

އެގޮތުން މި ވިއްސާރާގައި އާންމު ގޮތެއްގައި ވައި ގަދަވާނެކަމަށް ލަފާކުރެވެނީ މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށްކަމަށާއި ވައިޖެހޭނެކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް ބުނެފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މެޓް އޮފީޙުން ބުނެފައިވަނީ މާދަމާ ހަވީރުން ފެށިގެން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވާނެކަމަށާއި، މެދުތެރެއާއި އުތުރުގެކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެނީ ވިލާގަނޑުގައިކަމަށްވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް