ލ. މާމެންދޫ ޕޮލިސް ސްޓޭޝަނާއި ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮއްފިއެވެ.
މި ދެ މައްސަލާގައި ހައްޔަރު ކޮއްފައިވަނީ 26 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ދެމައްސަލާގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރު ކޮއްފައިވަނީ ލ. މާމެއްދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށާއި މި އޮޕަރޭޝަން ހިންގާފައިވަނީ ޖޫން 1 ވަނަ ދުވަހުގެ 12:30 ހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ.
މާމެންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި އެރަށު މަގުމަތިން މިމީހާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އެވަގުތު ދުއްވަން އިން ސައިކަލު މަޑިދަށުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެއިތުރުން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ދަނބިދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށާއި މި އޮޕަރޭޝަން ހިންގާފައިވަނީ ޖޫން 1 ވަނަ ދުވަހުގެ 15:35 ހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި އެރަށު ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވައި، ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނުގަސްޕޮޓެއް ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިހާރު ފުލުހުންދަނީ މި ދެ މައްސަލަވެސް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް