ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ޖީޕީއެސްއެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
މި ޖީޕީއެސްއަކީ މިއަހަރުގެ އޭޕްރީލް 11 ވަނަ ދުވަހުގެ 09:57 ލޮނުޒިޔާރަތްމަގުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ އެއްޗެހިތަކަކާއެކު ހިފެހެއްޓުނު މީހެއްގެ އަތުން ފެނުނު ޖީޕީއެސްއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވެފައި ވަނީ، މި ޖީޕީއެސްގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ޖީޕީއެސްއާ ހަވާލުވެލެއްވުން އެދޭކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް