ށ. ފޯކައިދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ށ. ފޯކައިދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން މެއި 30 ވަނަ ދުވަހުގެ 14:57 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހެކެވެ. ފޯކައި...

02 Jun 2019 | 06:44

ށ. ފޯކައިދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފޯކައިދޫ ޕޮލިސް ސްޓޭޝަނުން މެއި 30 ވަނަ ދުވަހުގެ 14:57 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހެކެވެ.

ފޯކައިދޫ ޕޮލިސް ސްޓޭޝަނުން މި އޮޕަރޭޝަން ހިންގާފައިވަނީ މާލެއިން ފުރައިގެން ށ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފޯކައިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ.

އެގޮތުން ފޯކައިދުއަށް ފެރީ ލޯންޗު ގާތްކުރުމުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ފިލްމް ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިހާރު މި މައްސަލަ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް