އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޑީޒް (އައިލްސް) އިން މި އަހަރުގެ ޖުލައިމަހު ފެށުމަށް ހަމަޖެހިފައިވާ މާސްޓަރސް އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮއްފައިވަނީ މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އައިލްސް އާއި އޮސްޓްރޭލިއާގެ ޗާލްސް ސްޓާރޓް ޔުނިވާސިޓީ ގުޅިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މިކޯހަކީ ތަންފީޒީ ދާއިރާތަކާއި މިނޫނަސް ލީޑަރޝިޕްގެ ދާއިރާތަކަށް އެކަށީގެންވާ ގާބިލު ލީޑަރުން އުފެއްދުމުގެ މަގްސަދުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
އަދި މި ކޯހުގައި ކިޔަވައިދެއްވާނީ ޗާލްސް ސްޓާރޓް ޔުނިވާސިޓީގެ ކަމާއި ގުޅުންހުރި ތަޖުރިބާ ލިބިފައިވާ މުދައްރިބުން ކަމަށް ބުނެފައިވެއެވެ.
މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 9637845 ނުވަތަ 9998053 އަށް ގުޅުމުން ލިބޭނެއެވެ. ނުވަތަ އައިލްސްގެ ވެބްސައިޓް www.isles.edu.mv އިންވެސް ލިބޭނެއެވެ. އަދި ކޯހަށް ކުރިމަތިލެއްވުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް