ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް އަށް މިލިއަން ރުފިޔާ ކަނޑައަޅައިފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 6.9 އެމެރިކާ ޑޮލަރުގެ ތެރެއިން އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 8 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅައިފިއެވެ. މި މަޝްރ...

02 Jun 2019 | 05:02

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 6.9 އެމެރިކާ ޑޮލަރުގެ ތެރެއިން އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 8 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅައިފިއެވެ.

މި މަޝްރޫއުގެ ދަށުން ރަސްދޫގައި ގިރަމުންދާ 179 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފައިވެއެވެ.

އަދި މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވެފައިވަނީ އެ ސަރަހައްދަކީ ކުރިން ކުނިގޮނޑެއްގެ ގޮތުގައި ބޭނުންކުރަމުން އައި ސަރަހައްދަކަށް ވުމުން، ގޮނޑުދޮށް ގިރުމުގެ ސަބަބުން ކުނި މޫދަށް އެޅި ފެން ތަޣައްޔަރުވަމުން ދާތީ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މި އަހަރުގެ މާޗް މަހު އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް