ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަހަށް ސަރުކާރަށް ނަގަން ނިންމައިފި

ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަހަށް ސަރުކާރަން ނަގަން ނިންމައިފި އެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރާއި އެ ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސ...

01 May 2020 | 19:28

ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަހަށް ސަރުކާރަން ނަގަން ނިންމައިފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ސަރުކާރާއި އެ ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ހާމަ ކުރި އެވެ. އެ ހޮސްޕިޓަލް މި މުއްދަތުގައި ސަރުކާރުން ބޭނުން ކުރާނީ ކޯވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ހުރިހާ ބަލި މީހުން އައިޖީއެމްއެޗަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި ދެން އާންމު ބަލިތަކަށް ފަރުވާދޭނެ ގޮތާއި އެނޫން ހިދުމަތްތައް ފޯރުކޮށްދޭނެ ގޮތާއި މެދު އެތަނުން އަމަލު ކުރާނެ ގޮތެއް އެ ހޮސްޕިޓަލުން ހާމަ ކުރާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން އެތަން ބޭނުންކުރާ މުއްދަތުގައި މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރާނެ ކަމަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދޭން ނިންމާފައިވަނީ ކޯވިޑް ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުންނަށެވެ.

އެފަދަ ހާލަތަކަށް ދާ މީހުންނަށް މިހާރު ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ11 ވަނަ ފަންގިފިލާގައި އެވެ. އެތަނުގައި ހުރީ10 އެނދެވެ. އާންމުންގެ މެދުގައި ބަލި ފެތުރެން ފެށުމާއި އެކު އެތަނުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާރު އެ ތަނުގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާރު ރާއްޖެއިން ކޯވިޑަށް491 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. އަދި އެކަކު މި ބަލީގައި ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް