ގިނަ އަދަދެއްގެ ކަރަންޓު ސާމާނާއި 4 ފޯނު ވަގަށް ނެގި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މި މީހާ ހައްޔަރު ކުރީ މިއަދު 10:50 ހާއިރު ހެންވޭރު ސަހަރާ ކައިރިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިތަކެތި އަތުލައިގަނެފައި ވަނީ މި މީހާ އަޅުވައިގެން ހުރި ދަބަހުންނެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހިނެކެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މިތަކެތި މި މީހާ ވަގަށް ނެގީ ކޮންތަނަކުން ކަމެއް އަދި ނޭންގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް