"މައުނަވީ ތަރިކައިގެ ދަފުތަރު އެކުލަވާލުން: އެންމެންގެ އެއްބާރުލުން" ގެ ނަމުގައި މީހުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި ޔުނެސްކޯގެ ނިއު ދިއްލީ އޮފީހާއި ގުޅިގެން، އެޕްރީލް މަހުގެ 28 އިން މޭ 1 ގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގައެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އާކައިވްސް އެންޑް ރިސަރޗް ސެންޓަރ ފޮރ އެތްނޮމިއުޒިކޮލޮޖީ، އެމެރިކަން އިންސްޓިޓިއުޓް އޮފް އިންޑިއަން ސްޓަޑީޒް، ނިއު ދިއްލީގެ އެސޯސޮއޭޓް ޑިރެކްޓާރ-ޖެނެރަލް ޑރ. ޝުބާ ޗޯދްރީ އެވެ.
ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގައި މައުނަވީ ތަރިކަ ދެނެގަންނާނެ ގޮތާއި، ތަރިކައިގެ ސައްހަކަން ދެނެގަންނާނެ ގޮތާއި، ތަރިކަ ރައްކާތެރިކޮށް ހިމާޔަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ބައިވެރީންނަށް މައުލޫމާތު ދެވިފައިވާނެ ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ، މާނަވީ ތަރިކައިގެ ދަފްތަރެއް އެކުލަވާލުމުގައި އެންމެންގެ ބައިވެރިވުން ހޯދުމާއި، ޔުނެސްކޯ އިން ތައާރަފްކޮށްފައިވާ މައުނަވީ ތަރިކަ ހިމާޔަތް ކުރުމުގެ މުއާހަދާގައި ރާއްޖެއިން ބާއިވެރިވުމަށް ބާރު އެޅުމުގެ އިތުރުން، އެއަށް އަމަލުކުރަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގޮތުން ކަމުގައެވެ.
މި ބައްދަލުވުން ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، މި މުއާހަދާގައި ރާއްޖެއިން ވީހާވެސް އަވަހަކަށް ސޮއި ކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.
މި ސަރުކާރުން ތަރިކަ ރައްކާތެރިކުރުމަށް ވަކިން ހާއްސަ މިނިސްޓްރީ އެއް އުފައްދާފައި ވާކަން ފާހަގަކުރައްވައި، ޔުނެސްކޯ އިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެރިކް ފޯލްޓް ވިދާޅުވީ، ތަރިކަ ރައްކާތެރިކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަން ވަރަށް ބޮޑަށް ފާހަގަވާކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް