މުތީގޯޅީގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ހަތަރުވަނަ ފަންގިފިލާއަށް ބިދޭސީއަކު ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 17:00 ހާއިރުގައެވެ.
ބިދޭސީ މީހާ މިހާރު އައިޖީއެމްއެޗް އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މީހާއަށް އަނިޔާވީ ކީހާ ވަރަކަށް ކަން ފުލުހުން ހާމަ ނުކުރާއިރު ވިދާޅުވީ މައްސަލަ ތަހުގީގު ކުރާ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް