ވިލާ ކޮލެޖާއި އޭޑީކޭ އާއި ދެމެދު އެއްއޯޔޫއެއްގައި ސޮއިކޮށްފި

ވިލާ ކޮލެޖުގެ ނަރސިންގ ޕްރޮގްރާމްގެ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދުމަށްޓަކައި އޭ.ޑީ.ކޭ ހޮސްޕިޓަލުން ފުރުސަތުތަކަށް މަގުފަހު ކޮށްދިނުމަށް ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވު...

02 May 2019 | 13:18

ވިލާ ކޮލެޖުގެ ނަރސިންގ ޕްރޮގްރާމްގެ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދުމަށްޓަކައި އޭ.ޑީ.ކޭ ހޮސްޕިޓަލުން ފުރުސަތުތަކަށް މަގުފަހު ކޮށްދިނުމަށް ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވ ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރެވެ. އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ އޭޑީކޭ ކޮމްޕެނީގެ މެނޭޑިންގ ޑިރެކްޓަރ، އަޙްމަދު އަފްއާ އެވެ.

މި އެމްއޯޔޫގެ ސަބަބުން ވިލާ ކޮލެޖުގެ ނަރސިންގ އަދި ހެލްތް ސައިންސް ޕްރޮގްރާމްތަކުގައި ތަޢުލީމް ހާޞިލްކުރަމުންދާ ދަރިވަރުންނަށް ދާއިރާއިން ފަންނީގޮތުންނާއި ޢިލްމީގޮތުން އެތައް ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، މިއީ ވިލާ ކޮލެޖުގެ މި ދާއިރާގެ ދަރިވަރުންނަށް ލިބިގެންދާނެ ރަނުގެ، ފަހި ފުރުޞަތެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ، އޭ.ޑީ.ކޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ނަރސިންގ އަދި ހެލްތް ސައިންސް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ކުދިންނަށް މުޙިންމު ދާއިރާތަކެއް ކަމަށެވެ. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލަކީ ދާއިރާގެ ގިނަގުނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ ތަނަކަށް ވެފައި، އަދި މީހުން ބިނާކުރުމަށް ބާރުއަޅާ ފަރާތެއްކަމަށް ވުމުން، ވިލާ ކޮލެޖުގެ ނަރސިންގ އަދި ހެލްތް ސައިންސްގެ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެހޮސްޕިޓަލުން ލިބޭ ތަޖުރިބާއަކީ ދާއިރާގައި މުޙިއްމު ބިންގަލެއް އެޅޭން ތަޖުރިބާއެއް ކަމަށްވެސް ވިލާ ކޮލެޖުން އިތުރަށް ބުންޏެވެ.

ވިލާ ކޮލެޖާއި އޭ.ޑީ.ކޭ ހޮސްޕިޓަލާއި ދެމެދު ވެވޭ އެއްބަސްވުމުގައި އަމަލީ ތަޖުރިބާ ހޯދުމުގެ މަސައްކަތުގައި އުޅޭ ދަރިވަރުނަށް ބޭނުންވާ އެންމެހައި ކަންކަން ކޮށްދިނުމަށް ދެފަރާތުގެ ދައުރު ކަނޑައެޅިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް