މި އަހަރުގެ ރަމަޝާން މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ރަސްމީ ގަޑި އިއުލާންކޮށްފިއެވެ.
މީރާއިން ބުނީ، ރަމަޝާން މަހު އެ އޮތޯރިޓީން ހިދުމަތް ލިބޭނެ ގަޑި އަކީ ހެނދުނު 9:00 ން ފެށިގެން 13:30 ކަމުގައެވެ.
މީރާ އިން އިތުރަށް ބުނީ، ރަމަޝާން މަހު ހިދުމަތް ހޯދުމަށް ފެސޭހަކޮށްދިނުމުގެ ގޮތުން ރަމަޝާން މަހުގެ ހޮނިހިރު ދުވަސްތަކުގައި ވެސް ހެނދުނު 10:00 ން 13:30 އަށް އެ އޮތޯރިޓީގެ ޓެކްސްޕޭޔަރ ސާވިސް ސެންޓްރުގެ ހިދުމަތް ލިބޭނެކަމަށެވެ.
މީގެ އިތުރުން، މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއް ކަމަށާއި، ފަސޭހަ ކަމާއިއެކު ކޮންމެ ވަގުތެއްގައިވެސް މި ސިސްޓަމް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
ރަމަޝާން މަހު ސަރުކާރުގެ އޮފީސްތައް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 ން މެންދުރު 13:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް