ރ.އެތިގަނޑުޖެހިހުރާ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި މ.ގޯލްޑަން ޕާލް/މާލެސިޓީ، ޙުސައިން އައްފާން އަޙްމަދާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން، އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު އައްފާންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއެކު މުޅި ޖުމުލަ 805،785.70ރ (އަށް ލައްކަ ފަސް ހާސް ހަތް ސަތޭކަ އަށްޑިހަ ފަހެއް ރުފިޔާ ހަތްދިހަ ލާރި) އާއި މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު، 06 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް