މާލޭގެ ގިނަ ބަޔަކު ބަޔަކު މޫދަށް އެރޭ ފަތާ ޓްރެކްގައި މިހާރު ލައިޓް ހަރުކޮށް ނިމިއްޖެ ކަމަށާއި، އެ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ޔޫތް މިނިސްޓަރު މަހުލޫފު ވިދާޅުވެއްޖެއެވެ.
އެ ސަރަހައްދުގައި ލައިޓް ހަރުކޮށް ނިންމާފައިވަނީ ރޭގައެވެ.
ޔޫތް މިނިސްޓަރު މަހުލޫފު ވިދާޅުވީ، އެ ސަރަހައްދުގައި ލައިޓް ހަރުކޮށްދެއްވީ، ރޭގަނޑުވެސް އެ ސަރަހައްދަށް އައިސް ފެތޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން މިއަދު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްވިމިން ޓްރެކްގައި ތިލަވެފައިވާ ސަރަހައްދު ފުންކުރުމަށް ރޭ ދަންވަރު އެސްކަވޭޓަރު އެސަރަހައްދަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް މިއަދު ފެށިގެން ދާނެ ކަމަށެވެ.
https://twitter.com/AhmedMahloof/status/1123587643575418880
މީގެ އިތުރުން އެ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
https://twitter.com/AhmedMahloof/status/1123830124586176512
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިއީ ހުސް ވާހަކަ ދައްކާ ސަރުކާރެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް