ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޔޫތް މިނިސްޓްރީގެ ފަރާތުން 16 ޓީވީ

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫޓް މިނިސްޓްރީގެ ފަރާތުން 16 ޓީވީ ހަދިޔާ ކޮށްފިއެވެ. މި 16 ޓީވީ ބަހައިލަނީ ކުޑަކުދިންގެ ހިޔާ އަށާއި، ފިޔަވައްޗަ...

02 May 2019 | 11:34

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫޓް މިނިސްޓްރީގެ ފަރާތުން 16 ޓީވީ ހަދިޔާ ކޮށްފިއެވެ.

މި 16 ޓީވީ ބަހައިލަނީ ކުޑަކުދިންގެ ހިޔާ އަށާއި، ފިޔަވައްޗަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިތުރުން ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކަށެވެ. އެގޮތުން ކުޑަކުދިންގެ ހިޔާއަށް 5 ޓީވީ، ފިޔަވައްޗަށް 2 ޓީވީ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 4 ޓީވީ ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރުން އަތޮޅުތަކުގެ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކަށް 5 ޓީވީ ހަދިޔާކޮށްފައިވެ އެވެ.

ޔޫތް މިނިސްޓްރީން ހަދިޔާކުރި ޓީވީ ތަކާއި ހަވާލުވީ ޖެންޑާ މިނިސްޓަރު ޝިދާތާ އެވެ. މިނިސްޓަރު ޝިދާތާ ވަނީ ޔޫތް މިނިސްޓަރަށް ދެއްވެވި އެހީއަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް