މާފުށީ ޖަލުގައި ދެ ބިދޭސީއަކު މާރާމާރީ އެއް ހިންގައިފި

މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝް ދެ ގައިދީއެއްގެ މެދުގައި މިއަދު މާރާމާރީއެއް ހިންގައިފިއެވެ. ފުލުހުން ވިދާޅުވީ، މި މާރާމާރީގައި އެކެއްގެ މޭގައި ފައިން ޖަހައިފައިވާ ކަމުގައެވެ. އަދި އެ މީހާގެ އަނގައި...

02 May 2019 | 11:13

މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝް ދެ ގައިދީއެއްގެ މެދުގައި މިއަދު މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީގައި އެކެއްގެ މޭގައި ފައިން ޖަހައިފައިވާ ކަމުގައެވެ. އަދި އެ މީހާގެ އަނގައިން ލޭ އައިސްފައިވާ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.  އަނިޔާ ލިބުނު ބިދޭސީ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް