ޗައިނާގެ ތީމް ޕާކެއްގައި ސްލައިޑް އެކްސިޑެންޓެއްވެ، 2 މީހަކު މަރުވެއްޖެ

ޗައިނާގެ "ޗިލްޑްރެންސް ގާޑެން އެޓްރެކްޝަން" ނަމަކަށް ކިއުނު ތީމް ޕާކެއްގައި އިއްޔަ ސްލައިޑް އެކްސިޑެންޓެއް ހިނގައި 2 މީހަކު މަރުވެ، 12 މީހަކަށް އަނިޔާ ވެއްޖެއެވެ. އަނިޔާވި މީހުންގެ ތެރެއިން 6 މީހުންނަ...

02 May 2019 | 10:51

ޗައިނާގެ "ޗިލްޑްރެންސް ގާޑެން އެޓްރެކްޝަން" ނަމަކަށް ކިއުނު ތީމް ޕާކެއްގައި އިއްޔަ ސްލައިޑް އެކްސިޑެންޓެއް ހިނގައި 2 މީހަކު މަރުވެ، 12 މީހަކަށް އަނިޔާ ވެއްޖެއެވެ.

އަނިޔާވި މީހުންގެ ތެރެއިން 6 މީހުންނަކީ ކުޑަކުދިން ކަމަށް ޗައިނާގެ ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއަށްފަހު އެ ތީމް ޕާކް މިހާރު ވަނީ ބަންދުކޮށްފައެވެ. މިއީ އެ ތީމް ޕާކުގައި ސްލައިޑް އެކްސިޑެންޓެއް ހިނގި ދެވަނަ ފަހަރެވެ. އެފަހަރު އެކްސިޑެންޓްވީ ފަހަތުން އައި މީހަކު ސްލައިޑް ކުރަމުން އައި އިރު ފައި ވިއްދަމުން އައީމައެވެ. އެފަހަރުގެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވިއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި މީޑިއާ އަށް އެނގިފައި ނުވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް