ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވޭ: މެޓް އޮފީސް

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ މިއަދު މެދު ރާއްޖޭގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނެކަ...

02 May 2019 | 09:27

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ މިއަދު މެދު ރާއްޖޭގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނެކަމަށް ލަފާކޮށްފައިވަނީ މެންދުރު 12:16 ގައި ކަމަށާއި  މާދަމާ މެދު ރާއްޖޭގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މެންދުރު 12:46 ގައި ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ބަލާއިރު މިއަދު އެންމެ ދިޔަވަރު ބޮޑު ވާނެކަމަށް ލަފާކުރެވެނީ 12:48 ގައި ކަމަށާއި މާދަމާ ދެކުނުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މެންދުރުފަހު 01:17 ގައި ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން މި ގަޑިތަކުގައި މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް