ރޯދަމަހު ވެމްކޯ އިން ހިދުމަތް ދޭ ގަޑިތައް އިއުލާން ކޮއްފި

ރޯދަމަހު ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތް ދޭ ގަޑިތައް އިއުލާން ކޮއްފިއެވެ. ވެމްކޯއިން ކޮއްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެނދުރު ފަހު 14:00 އިން ހަވީރު 1...

02 May 2019 | 08:11

ރޯދަމަހު ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތް ދޭ ގަޑިތައް އިއުލާން ކޮއްފިއެވެ.

ވެމްކޯއިން ކޮއްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެނދުރު ފަހު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 19:00 އިން މަސައްކަތް ނިމެންދެން ގޭބިސީތަކުން ކުނި އުކާލުމަށް ހަރަކާތްތެރި ވާނެކަމަށެވެ.

އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ ހެނދުނު 10:00 އިން 11:30 އަށް ކަމަށާއި މެންދުރު ފަހު 13:30 އިން ހަވީރު 16:00 އަށް ކަމަށް ބުނެފައިވެއެވެ. އަދި ހުކުރު ދުވަހުގެ ރޭ 19:00 އިން 12:30 އަށް ހިދުމަތް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމާޝަލްކޮށް ކުނި އުކާލަދޭ ވަގުތު ތަކަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށް ކަމަށާއި ރޭގަނޑު 22:00 އިން ފަތިހު 4:00 އަށް ކަމަށް ބުނެފައިވެއެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެނދުރުފަހު 13:30 އިން ހަވީރު 17:00 އަދި ރޭގަނޑު 22:00 އިން ފަތިހު 4:00 އަށެވެ.

މީގެއިތުރުން މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 17:00 އަށް އަދި އިރުއޮއްސި 19:30 އިން ދަންވަރު 3:00 އަށެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 19:30 އިން ދަންވަރު 3:00 އަށެވެ.

ހުޅުމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 17:00 އަށް އަދި އިރުއޮއްސި 19:30 އިން ދަންވަރު 2:00 އަށެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 19:30 އިން ދަންވަރު 2:00 އަށެވެ.

އަދި ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 17:00 އަށް އަދި އިރުއޮއްސި 19:30 އިން ދަންވަރު 2:00 އަށެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރު 2:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 19:00 އިން ދަންވަރު 2:00 އަށެވެ.

އެކުންފުނީގެ ކޯޕަރޭޓް އަދި ރީޖަނަލް އޮފީސްތައް ހުޅުވާފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް