އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައެވެ.
ހޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ރޯދަމަހަށް ތައްޔާރުވުމަށް ރައްޔިތުންނަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ.
ކަލަންޑަރަށް ބަލާނަމަ އަދި މުސްލިމް ގިނަ ގައުމުތަކުން ބުރަވާގޮތަށް ބަލާނަމަ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ ހައެއް ވާ ހޯމަ ދުވަހެވެ. އެހެންކަމުން ރޯދަމާއި ދިމާކޮށް ދިވެހިންނަށް މިފަހަރު ބަންދު ދެ ދުވަސް މިވަނީ ލިބޭގޮތްވެފައެވެ.
https://twitter.com/MvSpokesperson/status/1123848843324547073
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް