ލަންކާ ދޫކޮށް ދިއުމަށް ސައުދީ ރައްޔިތުން ކިބައިން އެދިއްޖެ

ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޮންތަކެއް ގޮއްވާލި ހާދިސާއާއެކު އެ ގައުމުގެ އާންމު މަސްރަހު ގޯސްވެފައިވާއިރު ލަންކާގައި މިވަގުތު ތިބި ސައުދީއަށް ނިސްބަތްވާ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށ...

02 May 2019 | 04:06

ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޮންތަކެއް ގޮއްވާލި ހާދިސާއާއެކު އެ ގައުމުގެ އާންމު މަސްރަހު ގޯސްވެފައިވާއިރު ލަންކާގައި މިވަގުތު ތިބި ސައުދީއަށް ނިސްބަތްވާ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް ސައުދީން އެދިއްޖެއެވެ.

މިކަމަށް އެދިފައިވަނީ ލަންކާގައި ހުންނަ ސައުދީ އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައެވެ.

ސައުދީ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް ސައުދީން އެދިފައިވާއިރު، ލަންކާގައި މި ވަގުތު އާންމު ހާލަތު ވަރަށް ގޯހެވެ. އަދި މޫނު ބުރުގާ އާއި އާއްމު ބުރުގާ ކަންފަތް ފޮރުވޭ ގޮތަށް އެޅުން މަނާކޮށްފައިވާއިރު މުސްލިމުންނަށް ބޮޑެތި ގޮންޖެހުންތަކެއް އަންނަނީ ކުރިމަތި ވަމުންނެވެ.

މިފަދަ ގޮންޖެހުންތައް ކުރިމަތިވާ މުސްލިމުންގެ ތެރޭގައި ދިވެހިންވެސް ހިމެނެއެވެ. ލަންކާގެ މިހާރުގެ ހާލަތާއި ގުޅިގެން، ލަންކާގައި މިވަގުތު ތިބި ބައެއް ދިވެހިން އެނބުރި ރާއްޖެ އައުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް