ގެއެއްގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގަލޮޅުގައި ހުރި ގެއެއްގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް...

02 May 2019 | 01:13

ގަލޮޅުގައި ހުރި ގެއެއްގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާ ހިނގީ ގަލޮޅު ފެހިރެހި ކިޔާ ގެއެއްގެ ހަ ވަނަ ފަންގިފިލާގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ.

"ރިޕޯޓްކޮށްފައިވަނީ 03:49ގައި، މީހަކަށް އަނިޔާއެއް ނުވޭ، އިމާރާތަކަށް ގެއްލުމެއް ނުވޭ" އާޒިމް ވިދާޅުވިއެވެ.

މިފަދަ ކުދި ހާދިސާތައް ބޮޑެތި ހާދިސާތަކަށް ބަދަލުވެ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކާއިވެސް ކުރިމަތިލާން ޖެހިދާނެއެވެ. އެއްލައިލާ ސިނގިރޭޓުބުރި ރަނގަޅަށް ނިވުނުތޯ ކަށަވަރު ކުރުން މުހިންމެވެ. އެނޫންވެސް ގޮތަކުން އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ފަދަ އަމަލަކާއި ދުރުހެލިވުން މުހިންމެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް