ރާއްޖޭގެ މޫސުމަށް މިއަދު ބަލާލާއިރު އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.
މެޓުން މިހެން ބުނެފައިވަނީ މިއަދު ހަވީރު 06:00 އާއި ހަމައަށް ރާއްޖޭގެ މޫސުން އޮންނާނެކަމަށް ލަފާކޮށް ނެރެފައިވާ ބުލެޓިންގައެވެ.
މެޓުން ބުނެފައިވަނީ ވިއްސާކުރުމާއި ގުގުރުމުގެ އިތުރުން ވަޔަށް ބަލާލާއިރު ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭކަމުގައިވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގެ މިނެއްގައި ކަމުގައިވެސް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް