ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާޟިކް އިން ޕާސަނަލް ފައިނޭންސިން ތައާރުފުކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ މި ހިދުމަތުގެ ދަށުން މަހުން މަހަށް ބަހާލަިއގެން ފައިސާ ދައްކާގޮތަށް އެއް ލައްކަރު ރުފިޔާ އާއި ހަމައަށް މުދާ ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށެވެ. ހިދުމަތަށް އެދޭއިރު ގަންނަން ބޭނުންވާ މުދާގެ ކޯޓޭޝަނެއް ހުށަހެޅުމުން ގިނަވެގެން ހަފްތާއެއް ތެރޭގައި އެ މުދާ ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދެ އެވެ.
ބީއެމްއެލްއިން ބުނީ މަހުން މަހަށް ބަހާލަިއގެން އެ ފައިސާ ދެއްކުމަށް ހަތަރެއް ނޫނީ ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. މި ހިދުމަތުގެ ދަށުން ގެއަށް ބޭނުންވާ ސާމާނާއި ފަރުނީޗަރު އަދި ސައިކަލުވެސް ގަނެވޭނެ އެވެ.
ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ 50 ސް ވުރެ ގިނަ ފިހާރައިން ލިބޭނެ އެވެ.
ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް