ރަޝްމު މަރުވި މައްސަލަ ޕީޖީއަށް ފޮނުވައިފި

އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިތަދޫ މުހައްމަދު ރަޝްމު ރިޔާޒް 28، މަރުވި މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. އެ ހާދިސާ ހި...

02 May 2018 | 06:14

އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިތަދޫ މުހައްމަދު ރަޝްމު ރިޔާޒް 28، މަރުވި މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ އިރާކޮޅު ލިންކް ރޯޑުގެ ފަޅުރަށްތަކުގެ ތެރެއިންނެވެ. އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ރަޝްމު ދުއްވަމުން ދިޔަ ސައިކަލުގައި ޖެހިގެންނެވެ.

މި މައްސަލަ ހިނގިތާ ގާތްގަނޑަކަށް ދެ މަސްވާން އުޅެނިކޮށް މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަން ފުލުހުން ބުނީ މިއަދު އެވެ. އެކަމަކު ރަޝްމުގެ މަރާ ގުޅިގެން ދައުވާ ކުރަން ފޮނުވީ ކާކާއި ދެކޮޅަށް ކަމެއް ހާމައެއް ނުކުރެ އެވެ.

އެކަމަކު އެކްސިޑެންޓު ހިނގި އިރު ކާރު ދުއްވަން އިން 33 އަހަރުގެ މީހާ މިދިޔަ މާޗް 11 ވަނަ ދުވަހު ހައްޔަރު ކުރި އެވެ. އިތުރު ބަޔަކު ހައްޔަރު ކުރި ކަމެއް ނޭނގެ އެވެ. އެކްސިޑެންޓު ހިނގި އިރު ކާރުގައި އިތުރު ދެ މީހުން ތިއްބެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުވާ ކުރަން ފޮނުވީ ކާރު ދުއްވަން އިން މީހާގެ މައްޗަށެވެ.

އެކްސިޑެންޓު ހިނގުމާއި އެކު ރަޝްމު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި އެވެ. އެ ހާދިސާގައި އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ޗިސްވެފައި ކަމަށް މަންޒަރު ދުށް މީހުން މީޑިއާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް