ހިކެން ބޭނުންވާ މީހުން ދުވާލަކު ކާންވީ ކިތަން ބިސް؟

ސިއްހީ ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި ގިނައިން ބިސް ކެއުމުން ހަށިގަނޑު ބަރުވުމަށް އެހީއަކަށްވެ އެވެ. ހާއްސަކޮށް ބިހުގެ ގޮބޮޅި ގަނޑަކީ ފަލަވުމަށް މަގުފަހިވާ އެއްޗެއް ކަމަށް އިނގިރޭސިވިލާތުގައި ކުރި...

02 May 2018 | 04:00

ސިއްހީ ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި ގިނައިން ބިސް ކެއުމުން ހަށިގަނޑު ބަރުވުމަށް އެހީއަކަށްވެ އެވެ.

ހާއްސަކޮށް ބިހުގެ ގޮބޮޅި ގަނޑަކީ ފަލަވުމަށް މަގުފަހިވާ އެއްޗެއް ކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާއެއްގެ ނަތީޖާއިން ދައްކާފައިވެ އެވެ. އަދި ބިހުގެ ގޮބޮޅިގަނޑު ކެއުމުން ހިތުގެ މައްސަލަތައް ޖެހުން އަވަސްވާ ކަމަށް ބުނެފައިވެ އެވެ.

އެއީ 2006 ވަނަ އަހަރު ކުރި ދިރާސާއެކެވެ. މިފަހަރު ސިއްހީ ތަޖުރިބާކާރުންގެ ބަސް ތަފާތެވެ. އެމީހުން ގަބޫލު ކުރާގޮތުގައި ހިކެން ބޭނުންވާ މީހުން ބިސް ނުކާންވީ ސަބަބެއް ނެތެވެ.

އެކަމަކު އެންމެ ރަނގަޅު ގޮތަކީ ގިނަވެގެން ހަތަރު ބިސް ހަފްތާއެއްގެ ތެރޭގައި ކެއުމެވެ. އަދި ދުވާލަކު އެއް ބިހުގެ ހުދުބައި ކާން ލަފާ ދޭ އިރު ހަފްތާއަކު އެއް ފަހަރު ބިހެއް އެއްކޮށް ކާލަން ވާނެ އެވެ.

ބިހަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނަރަލްސް އެކުލެވޭ އެއްޗެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަރަށް އަވަހަށް ލިއްބައިދޭ އެއްޗެކެވެ. ވިޓަމިންސް އާއި މިނަރަލްސް އަކީ ހިކެން ބޭނުންވާ މީހުން ކޮންމެހެން ކެއުމުގައި ހިމަނަންޖެހޭ އެކަމަކު އާންމުކޮށް މީހުންނަށް ނުހިމެނޭ ބައެކެވެ. އެހެންވީމަ ބިސް ކެއުމުން އެ ދެ ބައިގެ ފައިދާ ހަށިގަނޑަށް ކުރާނެ އެވެ.

އެކަމަކު ހޫނު ގަދަ ދުވަސްވަރު މާ ގިނައިން ބިސް ކާނަމަ ހަށިގަނޑަު ހޫނުވެ ވަރުބަލިވާގޮތްވާނެ އެވެ.

ކެއުމުގެ ވަގުތުތަކުގެ ތެރެއިން ބިސް ކެއުން އެންމެ ރަނގަޅީ ހެނދުނު އެވެ. އެއީ ހެނދުނު ބިސް ކެއުމުން ގިނަ އިރު ބަނޑު ފުރިފަ ހުންނަ ގޮތް ވުމުން އިރުކޮޅަކާ ބަނޑުހައި ވެގެން އުޅޭކަށް ނުޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް