ދިރާގަށް ފުރަތަމަ ތިން މަހު ފައިދާގެ ގޮތުގައި 254 މިލިއަން ރުފިޔާ!

މުވާސަލާތީ ކުންފުނި ދިރާގަށް މިއަހަރުގެ ފުރަތަމަ ތިން މަހު ސާފު ފައިދާގެ ގޮތުގައި 254.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެ ކުންފުނިން އާންމު  ކުރި ހިސާބުތަކުން ދ...

02 May 2018 | 04:00

މުވާސަލާތީ ކުންފުނި ދިރާގަށް މިއަހަރުގެ ފުރަތަމަ ތިން މަހު ސާފު ފައިދާގެ ގޮތުގައި 254.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ކުންފުނިން އާންމު  ކުރި ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ 704 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ނުވަ ޕަސެންޓު އިތުރު އަދަދެކެވެ. އަދި ކަނޑަންޖެހޭ ބައިތަކަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 254.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ޓޫރިސްޓު ސީޒަންގައި އިންޓަނޭޝަނަލް ރޯމިން ހިދުމަތުން ލިބުނު އާމްދަނީ މައްޗަށްގޮސް މޮބައިލް ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވުމުގެ އިތުރުން ގޭގެއަށް ފައިބާ އިންޓަނެޓްގެ ހިދުމަތް ދިނުން ފުޅާކުރުމުންނެވެ. ދިރާގުން ބުނީ ލިބުނު އާމްދަނީ އިން ދައުލަތަށް 45.1 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ.

ދިރާގުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި އެ ކުންފުނިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 444.6 މިލިއަން ރުފިޔާ ބަހާފައިވާ ކަމަށެވެ. އެއީ ހިއްސާއަކަށް 5.85ރ.ގެ މަގުންނެވެ.

އެ ކުންފުނިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 898 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް