ސިޔާސީ ކެމްޕޭނު ފޯރީގެ ތެރޭގައި ލޯބިވެރިޔާ ހޯދަން ކެމްޕޭނެއް ހިންގައިފި

އިރާގުގެ ރިޔާސީ އިންތިހާބަށް ކެމްޕޭނުގެ ފޯރި އިތުރުވެ ގައުމުގެ އެކި ކަންކޮޅުތަކުގައި ޕޯސްޓަރާ ބެނާތައް ހަރުކޮށްފައިވާއިރު އިރާގުގެ ފިރިހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާ ހޯދުމަށް ކެމްޕޭނެއް ހިންގައިފި އެ...

01 May 2018 | 22:56

އިރާގުގެ ރިޔާސީ އިންތިހާބަށް ކެމްޕޭނުގެ ފޯރި އިތުރުވެ ގައުމުގެ އެކި ކަންކޮޅުތަކުގައި ޕޯސްޓަރާ ބެނާތައް ހަރުކޮށްފައިވާއިރު އިރާގުގެ ފިރިހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާ ހޯދުމަށް ކެމްޕޭނެއް ހިންގައިފި އެވެ.

އޭނާގެ އަސްލު ނަން އެ ކެމްޕޭނު ޕޯސްޓަރު ތަކުގައި ހިމަނާފައި ނުވާއިރު އޭނާ ބުނެފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އާއެކު އުޅެމުން އައީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށާއި ނަމަވެސް ބަޔަކު "ފަނި" ހަދައިގެން އެ ގުޅުން ބަލިކަށިކޮށްލީ ކަމަށެވެ.

އޭނާ ވަނީ ވަޒީފާ އަދާކޮށްގެން ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއެއް ކެމްޕޭނު ޕޯސްޓަރު ތަކަށް ހުސްކޮށްފަ އެވެ. ޕޯސްޓަރު ތަކުގައި ލޯބީގެ އެ ކެމްޕޭނުގައި ކެނޑިޑޭޓަކީ އޭނާ ކަމުގައި ސިފަ ކޮށްފައިވާއިރު ރަނިން މޭޓަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމުގައި ސިފަ ކޮށްފައި ވެ އެވެ.

އަސަރުގަދަ ޅެންބައިތަކާއެކު އެ ޕޯސްޓަރު ގިނައިން ހަރުކޮށްފައި ހުރީ ކުރީގެ ލޯބިވެރިޔާ ދިރިއުޅޭ ގެ ވަށައިގެންނާއި ގެ ހިމެނޭ ސަރަހައްދުގައި އެވެ.

ނަމަވެސް އެ އަންހެން މީހާގެ އާއިލާއަށް އެކަން އެނގިގެން ޕޯސްޓަރުތައް ވީދާލާފައިވާއިރު މި ކެމްޕޭނު ހިންގި މީހާ ބުނަނީ އަދިވެސް ކެމްޕޭނު ކުރާނެ ކަމަށާއި ލޯބިވެރިޔާގެ ފޯނުކޯލެއްގެ އިންތިޒާރުގައި ހުންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް