އިރާނުގައި ފުޓްބޯޅަ މެޗްތައް ބަލަން ސްޓޭޑިއަމަށް ވަނުމަކީ ކަނބަލުންނަށް މަނާކަމެއް ކަމުގައިވާއިރު އެކަމަށް ގޮންޖެހުމުގެ ގޮތުން އިރާނު ކަނބަލުންތަކެއް "ފިރިހެން ވެގެން" މެޗް ބަލަން ސްޓޭޑިއަމަށް ވަދެއްޖެ އެވެ.
އެމީހުންގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެމީހުން ތިބީ ފިރިހެނުން އަޅާކަހަލަ ހެދުން އަޅައިގެން އަދި އެއް ބަޔަކު ތިބީ މަތިމަސް އަދި ތުނބުޅިވެސް ޖަހައިގެންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ފަސް އަންހެނުންނަކީ އެ ގައުމުގެ އެއްވަނަ ޑިވިޒަންގެ ޓީމެއް ކަމުގައިވާ ޕަރޕޯސްލިސްގެ ސަޕޯޓަރުންތަކެކެވެ. އެ ޓީމަކީ އެ ގައުމުގެ އެންމެ ވަރުގަދަ ޓީމެވެ.
އެކަނބަލުންގެ ތެރޭގައި ހިމެނޭ ޒަހްރާ ނަމަކަށް ކިޔާ ކަނބަލަކު އިރާނުގެ ސްޕޯޓްސް ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނި އެމީހުންގެ ގްރޫޕްގައި އަށް ކަނބަލަކު ހިމެނޭކަމަށާއި އެގޮތަށް އޮޅުވާލައިގެން މެޗު ބަލަން ވަނުމަކީ އެމީހުން އާންމުކޮށް ކޮށްއުޅޭ ކަމެއް ކަމަށެވެ. އެގޮތަށް އެކަން ކުރަނީ އެއީ ކަނބަލުންނަށް މަނާކަމެއް ކަމުގައިވާތީ ކަމުގައިވެސް ޒަހްރާ ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް