ނައިޖީރިޔާގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 27 މީހަކު ޝަހީދުކޮށްލައިފި

ނައިޖީރިޔާގައި އިއްޔެ ދިން ބޮމުގެ ދެ ހަމަލާއެއްގައި 27 މީހަކު ޝަހީދު ކޮށްލައިފި އެވެ. ފުރަތަމަ ހަމަލާ ދީފައިވަނީ ނައިޖީރިޔާގެ އަދަމަވާ ސްޓޭޓްގެ މޫބީ ސަރަހައްދުގައި ހުރި މިސްކިތަކަށެވެ. އަދި އޭގެ އިރުކ...

01 May 2018 | 22:24

ނައިޖީރިޔާގައި އިއްޔެ ދިން ބޮމުގެ ދެ ހަމަލާއެއްގައި 27 މީހަކު ޝަހީދު ކޮށްލައިފި އެވެ.

ފުރަތަމަ ހަމަލާ ދީފައިވަނީ ނައިޖީރިޔާގެ އަދަމަވާ ސްޓޭޓްގެ މޫބީ ސަރަހައްދުގައި ހުރި މިސްކިތަކަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ދެވަނަ ހަމަލާ ދީފައިވަނީ މިސްކިތާއި 200 މީޓަރު ދުރުންނެވެ.

މި ދެ ހަމަލާ އަކީވެސް ޖާނުން ފިދާވެގެން ދީފައިވާ ހަމަލާއެއް ކަމުގައިވާއިރު މި ހަމަލާގައި ޒަހަމްވި 56 މީހަކަށް ފަރުވާ ދެމުން އަންނަ ކަމުގައި ނައިޖީރިޔާގެ ސިއްހަތާއިބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކން އުފުލާފައި ނުވި ނަމަވެސް އަދަމަވާ ސްޓޭޓްގައި މިފަދަ ހަމަލާތައް އާންމުކޮށްދެނީ ބޯކޯ ހަރާމް ޖަމާއަތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް