ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެއް ނަންގަވައިގެން ކޮންމެ ހަފްތާއަކު މެކްބުކް ޕްރޯއެއް ލިބުމުގެ ފުރުސަތު

ދިރާގުން 1 މޭ އިން 31 މޭ 2017 ގެ ނިޔަލަށް ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ނަންގަވާ ފަރާތްތަކަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކ...

02 May 2017 | 16:18

ދިރާގުން 1 މޭ އިން 31 މޭ 2017 ގެ ނިޔަލަށް ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ނަންގަވާ ފަރާތްތަކަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދީ ފުރަތަމަ 2 މަހުގެ މަހުފީ އިން 25% ޑިސްކައުންޓްވެސް ލިބިގެން ދާނެއެވެ. މީގެ އިތުރުން ކޮންމެ ހަފުތާއެކު ނަސީބުވެރި ކޮންމެވެސް އެއްފަރާތަކަށް މެކްބުކް ޕްރޯ އެއް ލިބިގެން ދާނެ ކަމުގައި ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ މިއީ ދިރާގުން ކަސްޓަމަރުންނަށް ރޯދަ މަހާ ގުޅުގިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި އަދި ކުރިޔަށް އޮތްތާގައި ރޯދަމަހާއި ގުޅިގެން އިތުރު ޕްރޮމޯޝަން ތައް ކަސްޓަމަރުންނަށް ދިނުމަށް ރާވާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް