ތުރުކީގައި ވިކިޕީޑިއާ ބޭނުން ނުކުރެވޭގޮތް ހަދައިފި

ތުރުކީގައި އޮންލައިން އެންސައިކޮލޮޕީޑިއާ "ވިކިޕީޑީއާ" ބޭނުން ނުކުރެވޭގޮތައް އެ ޤައުމުގެ ސަރުކާރުން ހަދައިފި އެވެ. ތުރުކީގެ އިންޕޮމޭޝަން އެންޑް ކޮމިނިއުކޭޝަން ޓެކްނޮލޮޖީ އޮތޯރިޓީން ބުނީ، ޓެކްނިކަލް ދިރ...

02 May 2017 | 09:08

ތުރުކީގައި އޮންލައިން އެންސައިކޮލޮޕީޑިއާ "ވިކިޕީޑީއާ" ބޭނުން ނުކުރެވޭގޮތައް އެ ޤައުމުގެ ސަރުކާރުން ހަދައިފި އެވެ.

ތުރުކީގެ އިންޕޮމޭޝަން އެންޑް ކޮމިނިއުކޭޝަން ޓެކްނޮލޮޖީ އޮތޯރިޓީން ބުނީ، ޓެކްނިކަލް ދިރާސާތަކަކާއި ޤާނުނީ ގޮތުން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު ވިކިޕީޑީއާ ބްލޮކް ކޮށްފައިވާކަމަށެވެ. އެއީ ކީއްވެގެން އެޅި ފިޔަވަޅެއްތޯ އާއި އޭގެ އިތުރު ތަފްސީލެއް އެ އޮތޯރިޓީން ހާމައެއް ނުކުރެއެވެ.

ތުރުކީގެ މީޑިއާ އިން ބުނާގޮތުގައި ވިކިޕީޑިއާ ބްލޮކްކުރީ އެ ޤައުމުގެ ސަރުކާރުން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭކަމަށް ބުނެ ވިކިޕީޑިއާގައި ލިޔެފައިހުރި ލިޔުންތަކެއް ނެގުމަށް ވިކިޕީޑީއާގައި އެދުމުން އެކަން ކޮށްފައި ނުވާތީ އެވެ.

ތުރުކީގައިވަނީ މީގެ ކުރިން ވަގުތީ ގޮތުން ފޭސްބުކް އަދި ޓްވިޓާ ފަދަ ޝޯޝަލް ނެޓްވޯކް ސައިޓުތައްވެސް ބޭނުން ނުކުރެވޭގޮތް ހަދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް