ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ މިހާކަމަށް ބެލެވޭ، އިންޑޮނޭޝިއާގެ ފިރިހެންނެއް އުމުރުން 146 އަހަރުގައި މަރުވެއްޖެއެވެ.
ރެކޯޑުތަކުން ދައްކާގޮތުގައި އަދި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީމާގެ ރެކޯޑު މިހާރު ރަސްމީކޮށް އޮތީ ޖެމެއިކާގެ އަންހެނެއް ކަމަށްވާ ވަޔޮލެޓް ބްރައުން އަތުގައި އެވެ.ރަސްމީ ލިޔެކިޔުންތަކުން ދައްކާގޮތުގައި އޭނާގެ އުމުރަކީ 117 އަހަރެވެ.
އިންޑޮނޭޝިއާގެ ސެންޓުރަލް ޖާވާގެ ވިލެޖެއްގައި ދިރިއުޅެމުންއައި އެމްބާހް ގޮޓޯ ކިޔާ އެ މީހާގެ ލިޔެކިޔުންތަކުން އެނގޭގޮތުގައި އޭނާ އުފަންވިކަމަށް ބެލެވެނީ ޑިސެމްބަރ 1870 ގައި އެވެ. ނަމަވެސް އިންޑޮނޭޝިއާގައި އުފަންވާ މީހުން ތާރީޙް ރެކޯޑުރަން ފެށީ 1900 ވަނަ އަހަރުން ފެށިގެންނެވެ.
ބީބީސީއަށް މަޢުލޫމާތު ދިން އޮފިޝަލަކުވަނީ ގޮޓޯގެ ލިޔެކިޔުންތަކާއި އެނާއާއި ކޮށްފައިވާ އިންޓަވިއުއިން އޭނާގެ އުމުރުގެ ސައްހަކަން ކަށަވަރުކޮށްދީފައި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ގޮޓޯގެ ޞިއްޙީ ހާލު ވަރަށް ބޮޑަށް ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާވެސް ދީފައިވެ އެވެ. ގޮޓޯ މަރުވީ އޭނާގެ އެދުމުގެ މަތިން އޭނާ ހޮސްޕިޓަލުން ގެޔަށް ދޫކޮށްލިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ގޮޓޯގެ އުމުރު އެހާ ދިގުވީ ކީއްވެތޯ ބީބީސީން މިދިޔަ އަހަރު ސުވާލުކުރުމުން އޭނާ ބުނީ، އޭނާ އުމުރު ދިގުވުމުގެ ސިއްރަކީ ކަންކަމުގައި ކެއްތެރިވުމާއި އަދި އޭނާދެކެ ލޯބިވާ އަޅާލާނެ މީހުން ތިބީމަ ކަމަށެވެ.
ގޮޓޯ ދުނިޔޭގައި ހުއްޓާއި އޭނާގެ ހަތަރު އަނބިންނާއި އެއްބަޑު އެއްބަފާއި 10 މީހުންނާއި އޭނާގެ ހުރިހާ ދަރިންވެސްވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް